ހުޅުދުއްފާރު ސްކޫލް ފައުންޑޭސަން ކީ ސްޓޭޖް 1 އަދި 2ގެ ދަރިވަރުންނަށް ވާހަކަ ލިޔުމުގެ ފުރުސަތެއް ހުޅުވާލައިފިއެވެ.
މި ވާހަކަ ލިޔުމުގެ މުބާރަތް ހާއްސަ ކޮށްފައި ވަނީ ކޮންމެ ހަފްތާއަކު ވަކި ހާއްސަ ތީމް އަކަށް ށެވެ. އެގޮތުން މި ހަފްތާގެ ތީމް އަކީ "ކެތްތެރިވުން" އެވެ.
މި މުބަަރާތުގައި ލިޔާ ވާހަކައިގެ ދިގުމިނަކީ A4 ކަރުދާހެއްގެ 1/2 ސަފްހާއާއި 1 ސަފްޙާއާއި ދެމެދެވެ. އަދި ވާހަކަ އާއި ގުޅޭ ތަސްވީރު ނުވަތ ކުރެހުން ވާހަކާ ގައި ހިމެނިދާނެއެވެ.
ވާހަކަ އަތުން ނުވަތަ ކޮމްޕިއުޓަރއިން ލިޔެ ވޭނެއެވެ. ހަމައެހެންމެ ދިވެހި އަދި އިނގިރޭސި ބަހުން ވެސް ވާހަކަ ލިޔެވޭނެއެވެ.
ދަރިވަރުން ފޮނުވާ އިރު ވާހަކާގައި ވާހަކައިގެ ނަން އަދި ދަރިވަރުންގެ ނަމާއި ކިލާސް ހިމަނަންވާނެއެވެ. މި މުބާރާތު ގައި އެންމެ ރަނގަޅުކަމަށް ފާހަގަކުރެވޭ ވާހަކަތައް، ސްކޫލްގެ ބުކް ކުލަބްގެ ގޫގުލް ސައިޓްގައި ޝާއިރު ރެވޭނެ ކަމަށް ހުޅުދުއްފާރު ސްކޫލް އިން މައުލޫމާތު ދެއްވައެވެ:
ވާހަކަ ލިޔެ ނިންމުމަށް ފަހު ކޮންމެ ހަފްތާއަކު ބުރާސްފަތި ދުވަހުގެ 13:30 ގެކުރިން އެހަފްތާގެ ވާހަކަ ފޮނުވަން ޖެހޭނެއެވެ.
ވާހަކަ ފޮނުވާނީ ވައިބަރ ނަންބަރ 7696669 އަށް ނުވަތަ
(https://forms.gle/GhQ2Q0A8XMPXDJbt5) މި ގޫގޫލް ފޯމް މެދުވެރިކޮށް ނުވަތަ [email protected] މެއިލް ކޮށްވެސް ލެވިދާނެ ކަމަށް ސްކޫލް އިން މައުލޫމާތު ދެއެވެ.