މައިގަނޑު ބައިތަކަށް

ހުޅުދުއްފާރުން އިތުރު 2 މީހަކު ފައްސިވެއްޖެ

ހުޅުދުއްފާރުން އިތުރު 2 މީހަކު ފައްސިވެއްޖެއެވެ. އެހެން ކަމުން ހުޅުދުއްފާރުން މި ވަޤުތު ފައްސިވެފައިވާ މީހުންގެ އަދަދު ޖުމުލަ 11 އަށް އެރީއެވެ. އަދި މިވަޤުތު 11 ގެއެއް ވަނީ މޮނިޓަރިންއަށް ލާފައެވެ.

އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
0 މިނިޓް
ފޮޓޯ: އަޙްމަދު ފާރިޟް (ފާރުއެމްވީ)
ފޮޓޯ: އަޙްމަދު ފާރިޟް (ފާރުއެމްވީ)

05 ޖޫން ގައި ނެގި 20 ސާމްޕަލް ގެ ތެރެއިން 2 މީހަކު ފައްސިވެއްޖެއެވެ. ފައްސި ވެފައި ވަނީ  ކަރަންޓީން ގައި ތިބި 2 މީހުން ނެވެ. އެހެން ކަމުން ހުޅުދުއްފާރުން މި ވަޤުތު ފައްސިވެފައިވާ މީހުންގެ އަދަދު ޖުމުލަ  11 އަށް އެރީއެވެ. އަދި މިވަޤުތު 11 ގެއެއް ވަނީ މޮނިޓަރިންއަށް ލާފައެވެ. 

އެއީ:

1. މިދިލިމާގެ

2. ހިރުނދުމާގެ

3. މުނިޔާ

4. ލީލީމާގެ

5. ވަފީޔާމަންޒިލް

6. އުޖާލާގެ

7. ސަމާ

8. ނަސީމީވިލާ

9. ހިމޭން

10 ސޯސަންވިލާ

11. ބުލޫ ސޭންޑް

ހުޅުދުއްފާރުގެ އެންމެހާ ލޮބިވެތި ރައްޔިތުން، އަދި ޚާއްސަކޮށް، މިކަހަލަ ބަލި މަޑުކަމެއްގައި ފްރޮންޓް ލައިންގައި މަސައްކަތް ކުރައްވާ އެންމެހާ ބޭފުޅުން ރައްކާތެރި ކޮށްދެއްވުމަށާއި، ހުޅުދުއްފާރުން ފައްސިވެފައިވާ އެންމެފާ ފަރާތްތަކަށް އަވަސް ސިފާއެއް ދެއްވުމަށް ދުޢާ ކުރަމެވެ.