ހުޅުދުއްފާރުން އިތުރު 3 މީހަކު ފައްސިވެއްޖެ

ފޮޓޯ: އަޙްމަދު ފާރިޟް (ފާރުއެމްވީ)
އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
3 އަހަރު ކުރިން
0 މިނިޓް

06 ޖޫން ގައި ނެގި 20 ސާމްޕަލް ގެ ތެރެއިން އިތުރު 3 މީހަކު ފައްސިވެއްޖެއެވެ. ފައްސި ވެފައި ވަނީ  ހޯމް އައިސޮލޭޝަންގައި ތިބި 3 މީހުން ނެވެ. އެހެން ކަމުން ހުޅުދުއްފާރުން މި ވަޤުތު ފައްސިވެފައިވާ މީހުންގެ އަދަދު ޖުމުލަ  14 އަށް އެރީއެވެ. އަދި މިވަޤުތު 14 ގެއެއް ވަނީ މޮނިޓަރިންއަށް ލާފައެވެ. 

އެއީ:

1. މިދިލިމާގެ

2. މުނިޔާ

3. ލީލީމާގެ

4. ވަފީޔާމަންޒިލް

5. އުޖާލާގެ

6. ސަމާ

7. ނަސީމީވިލާ

8. ހިމޭން

9. ސޯސަންވިލާ

10. ނަޔާ

11. އުޝާން

12. ހިތިގަސްދޮށުގެ

13. އަލިވާގެ

14. ބުލޫ ސޭންޑް

ހުޅުދުއްފާރުގެ އެންމެހާ ލޮބިވެތި ރައްޔިތުން، އަދި ޚާއްސަކޮށް، މިކަހަލަ ބަލި މަޑުކަމެއްގައި ފްރޮންޓް ލައިންގައި މަސައްކަތް ކުރައްވާ އެންމެހާ ބޭފުޅުން ރައްކާތެރި ކޮށްދެއްވުމަށާއި، ހުޅުދުއްފާރުން ފައްސިވެފައިވާ އެންމެފާ ފަރާތްތަކަށް އަވަސް ސިފާއެއް ދެއްވުމަށް ދުޢާ ކުރަމެވެ.

Copyright © 2024 Faaru News
Made with by Afeef & Noor