މައިގަނޑު ބައިތަކަށް

ހުޅުދުއްފާރުން އިތުރު 6 މީހުން ފައްސިވެއްޖެ

ހުޅުދުއްފާރުން އިތުރު 6 މީހުން ފައްސިވެ، މި ވަޤުތު ފައްސިވެފައިވާ މީހުންގެ އަދަދު 11 އަށް އަރައިފިއެވެ. އަދި މިވަޤުތު 10 ގެއެއް ވަނީ މޮނިޓަރިންއަށް ލާފައެވެ.

އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
0 މިނިޓް
ފޮޓޯ: އަޙްމަދު ފާރިޟް (ފާރުއެމްވީ)
ފޮޓޯ: އަޙްމަދު ފާރިޟް (ފާރުއެމްވީ)

ހުޅުދުއްފާރުން އިތުރު 6 މީހުން ފައްސިވެއްޖެއެވެ. އެހެންކަމުން ހުޅުދުއްފާރުގައި މިވަޤުތު ފައްސި 11 ކޭސް އެބައުޅެއެވެ. މި ނަތީޖާތަކާއި ގުޅިގެން އިތުރު 5 ގެއެއް މޮނިޓަރިންއަށް ވަނީ ލާފައެވެ. އެގޮތުން މިވަޤުތު ޖުމުލަ 10 ގެއެއް މޮނިޓަރިން ހާލަތުގައި އެބަހުއްޓެވެ. އެއީ:
1. މިދިލިމާގެ

2. ހިރުނދުމާގެ

3. ލޫނާ

4. އުޝާން

5. މުނިޔާ

6. ލިލީމާގެ

7. ވަފިއްޔާމަންޒިލް

8. އުޖާލާގެ

9. ސަމާ

10. ނަސީމީވިލާ

ހުޅުދުއްފާރުގެ އެންމެހާ ލޮބިވެތި ރައްޔިތުން، އަދި ޚާއްސަކޮށް، މިކަހަލަ ބަލި މަޑުކަމެއްގައި ފްރޮންޓް ލައިންގައި މަސައްކަތް ކުރައްވާ އެންމެހާ  ބޭފުޅުން ރައްކާތެރި ކޮށްދެއްވުމަށާއި، ހުޅުދުއްފާރުން ފައްސިވެފައިވާ އެންމެފާ ފަރާތްތަކަށް އަވަސް ސިފާއެއް ދެއްވުމަށް ދުޢާ ކުރަމެވެ.