އިނާމު ތަކާއެކު، ހުޅުދުއްފާރު ސްކޫލު ބެލެނިވެރިންނަށް ފޮތް ކިޔުމުގެ ހަރަކާތެއް

ފޮޓޯ: ފާރުއެމްވީ
އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
3 އަހަރު ކުރިން
1 މިނިޓް

އިނާމު ތަކާއި އެކު، "ފޮތްތެރިޔާާ"ގެ ނަމުގައި ހުޅުދުއްފާރު ސުކޫލުން ފޮތް ކުޔުމުގެ މުބާރާތެއް އިފްތިތާޙުކޮށްފިއެވެ.

މި ހަރަކާތަކީ ހުޅުދުއްފާރު ސްކޫލުގެ ހުރިހާ ބެލެނިވެރިންނަށް ހާއްޞަ ކޮށްގެން ކުރިއަށް ގެންދެވޭ ހަރަކާތެކެވެ. 

ހުޅުދުއްފާރު ސްކޫލުން މައުލޫމާތު ދިން ގޮތުގައި މި ހަރަކާތުގައި ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހު 1 ފޮތް ޕީ.ޑީ.އެފް ކޮށް ބެލެނިވެރިޔާ ކިޔުމަށް ވައިބަރ މެދުވެރިކޮށް ފޮނުވައިލެވޭނެއެވެ. އަދި ކިޔުމަށް ހަވާލު ކުރެވޭ ފޮތުން، އިޙްތިޔާރީ ޖަވާބު ހިމެނޭ 5 ސުވާލު ދެން ޖެހިގެން އަންނަ ހަފްތާގެ އާދިއްތަ ދުވަހު ގޫގުލް ފޯމެއް މެދުވެރިކޮށް ފޮނުވައިލެވޭނެއެވެ.

ކިޔަން ޖެހޭ ފޮތާއި ގޫގުލް ފޯމް ކުއިޒް ކިލާސް ވައިބަރ ގުރޫޕް އަދި ސްކޫލް ރަސްމީ ވައިބަރ ގުރޫޕްއިން ލިބެނެއެވެ.

ޖަވާބު ފޯމް ފުރިހަމަ ކުރުމަށް ފަހު އާދިއްތަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން ހުށައަޅަން ޖެހޭނެއެވެ.

މި ހަރަކާތަކީ 3 ހަފްތާއަށް ކުރިއަށް ގެންދެވޭ ހަރަކާތެކެވެ. މި ހަރަކާތް ނިމޭއިރު، އެންމެ ގިނަ ޖަވާބު ރަނގަޅުކުރާ ފަރާތްތަކުގެ ތެރެއިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ އަށް ހޮވޭ ފަރާތްތަކަށް އިނާމް ލިބޭނެ އެވެ. 1 ފަރާތަށް ވުރެ ގިނަ ފަރާތް ވަނަ ތަކަށް ހޮވިފައި ވާނަމަ، 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވޭނީ ގުރުއަތުންނެވެ.

Copyright © 2024 Faaru News
Made with by Afeef & Noor