ކިޔަވާއިރު ހީވޭ "ޓޯޗަރ" އެއް ހެންވެސް.

ފާތިމަތު އަފާ މިކިޔައިދެނީ ނާރސިންގް ދާއިރާގެ ފަތިފުށް.

ރަށުކޮޅުގަ (ހުރިހާ ރަށެއް) ނޫނީ އަތޮޅުގަ ކިހާ ގިނަ ވަޒީފާގެ ފުރުޞަތުތަކެއް ހުންނާނެތޯ؟

ރަށު ކޮޅުގަ ވަރަށް ނުހުރޭ ވަޒީފާ، ރާއްޖެއިން ބޭރު މުވައްޒަފަކު ދަންޏާ ނޫނީ. އަތޮޅު ހޮސްޕިޓަލްތަކުން ވަޒީފާ އެހެންވީމަ މާ ފަސޭހައިން ލިބި، ބައިވަރު ވަޒީފާގެ ފުރުޞަތުތައް ހުންނާނެ. އެތަންތަން ބޮޑުވީމަ އަޅުގަނޑު މިއުޅޭ ދާއިރާއިން ހަމަ ބައިވަރު ނާރސަސް ބޭނުންވޭ، "ސްޓާފް ޝޯރޓޭޖް" ގެ ސަބަބުން.

ލިބޭ މުސާރައާއި ވަޒީފާ ލިބުމުގައި ހުރި ފަސޭހަ ތަކާމެދު ދަންނަވަން އޮތީ ކީކޭތޯ؟

މުސާރައާމެދު ވަރަށް ނެގެޓިވް ކޮމެންޓްސް ލިބޭ އެއީ ހެލްތު ސެންޓަރތަކުގަ ދުވާލަކަށް އަންނަ ޕޭޝަންޓްސް މަދުވީމަ އެހާ "ހެކްޓިކް" އެއް ނުވާނެ މަސައްކަތެއް ހޮސްޕިޓަލްތައް ހާއެއް. އެކަމަކު ހަމަ ބިޒީ ދުވަސްތަކުގަ ހަމަ އެހާ ބިޒީވާނެ. ޝިފްޓް ނިމިގެން ދެތިން ގަޑިއިރު ފަހުން ގެއަށް ދެވޭއިރުވެސް މީހުން މަދެއްނުވާނެ. ތެދަށް ބުނާނަމަ، އަޅުގަނޑަށް ލިބޭ ސެލެރީއިން ފުދޭ، ކުރި ސްޓްރަގަލް (3-4 އަހަރުގެ ކިޔެވުމާ  ކްލިނިކަލްސް) އަށްފަހު .އެކަމަކު، ޖޮބްގަ އުޅެމުން ކިޔަވާ ހަދާތީ މުސާރައިގެ ދެބައިކުޅަ އެއްބައި ދޭ ކޮންމެ މަހަކު ވެސް އެކަމަށް.

އައި.ޖީ.އެމް.އެޗް ކަހަލަ ބޮޑެތި ހޮސްޕިޓަލްތަކުން ވަޒީފާ ހޯދަން ފަސޭހަވާނެ ހެލްތު ސެންޓަރތަކަށް ވުރެ. ރިސޯޓްތަކުންވެސް ބައިވަރު ޖޮބްސް ލިބެންހުރޭ. އަނެއްކާ ސެލެރީ ވެސް ވަރަށް ސަޅި!

ފެކަލްޓީގެ ނަޒަރުން ކޯހާމެދު ދެކެނީ ކިހިނެތްތޯ؟

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމް.އެން.ޔޫ) ސްކޫލް އޮފް ނަރސިންގ އަކީ ހަމަ ވަރަށް މަޖާ ތަނެއް. އެކިއެކި އިވެންޓްސްތަކާ ހަރަކާތްތައް އޮވޭ. އެގޮތުން، ސްޕޯރޓްސް އިވެންޓްސްއާ އެއްވުންތަކާ ޓެލެންޓް ޝޯސް ވެސް އޮންނާނެ. ޔުނިއަން އަށް ޖޮއިންވެލާ އުޅޭ ކުދިން ވަރަށް ރަނގަޅު ހަމަ. އަޅުގަނޑު ދެކެން ކުދިން އުޅޭ ގޮތް. އަނެހެން އެއްވެސް ކަމެއްގަ ބައިވެރިއެއް ނުވަން، ވޮލީބޯލް ޓޯރނަމެންޓްގަ ނޫނީ. އެހެންވީމަ، ޕަރސަނަލީ އެކަމުގަ ނޫޅޭތީ އެހާ ނޭނގެ އެކަމު ކުދިން އުޅޭ ގޮތާ ޕޭޖް އިންނާ އެއްޗެހިން ފެންނާތީ މިބުނީ.

އެހެންވީމަ، މިދެންނެވި ބައެއް ކުދިންނާ ވާހަކަ ދައްކާ ހަދާލީމަ އެނގޭ މި ފީލްޑްގެ ބައެއް ތަންތާންގެ ލެކްޗަރަރސް ވަރަށް ހެލްޕްފުލް ނޫންކަން ވެސް، މިކަން އަޅައިގަތް އަސްލުގަ ދެ ތަނެއްގައި ނާރސިންގ ހެދީމަ. އެހެންވީމަ، އިންޓަރވިއުއެއްގަ ނަން ނުބުނެލިޔަސް ކޯރހެއް ހަދަން ދާއިރު ކުދިން އަހާލައްޗޭ އެކަހަލަ ކަންކަމާމެދު ވެސް. އެވެސް އަސްލު ކިޔަވާއިރު ވަރަށް ބޮޑެތި ކަންކަމަށް ވާނެ ކަންކަން. އެކަމު އެހެން ވިޔަސް އެވެސް ޗެލެންޖްއަކަށް ނަގައިފިއްޔާ އަމަލީ މައިދާނަށް ވެސް މީހާ ކުޑަކޮށް ހޭނޭނެ. މީ އެކަހަލަ ފީލްޑްއެއް ވީމަ އެގޮތަށް ތަރުބިއްޔަތުވުން ވެސް ހަމަ އޯކޭ ދޯ.

މި ދާއިރާގަ ކުރިމަތިވެދާނެ ހުރަސްތައް ނުވަތަ ގޮންޖެހުން ތަކަކީ ކޮބާތޯ؟

ހެލްތު ސެންޓަރގަ އުޅޭއިރު، ކިޔެވުމުގެ ތެރެއިން ބަލައިލަން ލިބުނު ބައެއް ޕްރޮސީޖަރސްތައް ނުފެނޭ. މިކަހަލަ އެއްޗެހިން ޕްރެކްޓިސް ނުލިބެންޏާ، ވަރަށް ހަނދާން ނެތޭ. މިބުނަނި ހޮސްޕިޓަލް ތަންތަނަށްވުރެ ފީލްޑްއަށް އިންނަ އެސްޕޯޝަރ ބައި ކުޑަ ވާނޭ މިތަންތާ. އެކަމަކު، އެހެންނޫނީ އަޅުގަނޑަށް ހީވަނީ މިއީ ހަމަ މަސައްކަށް ކުރަން ވަރަށް ރަނގަޅު ތަނެއްހެން. އެއީ އެހާ ބިޒީ ނޫނިއްޔާ ނުޖެހޭ ހުރިހާ ކަމެއް އަވަސްއަވަހަށް ކުރާކަށް. ބޭނުންވާ ވަރަށް ޕޭޝަންޓްސްއަށް ކެއަރ ކުރެވޭކަމުގެ ހިތްހަމަޖެހުން އިނދޭ. އައި.ޖީ.އެމް.އެޗް ގަ 2 މަސް ވަންދެން މަސައްކަތް ކުރީމަ އެނގޭ، ޕޭޝަންޓްސް ގިނަވެގެން ޕޭޝަންޓްސް ސެޓިސްފައި ވާވަރަށް އެޓެންޑު ނުވެވޭތީ. އިތުރަށް ކިޔަވަން ބޭނުމިއްޔާ ހެލްތު ސެންޓަރތަކުގަ މާ ފަސޭހަވާނެ. ކިޔަވަންދާން ރިލީސް ލިބޭނެ. އެކަމަކު އެއްފަހަރާ އެހާ ގިނަ ކުދިންނަކަށް ނުދެވޭނެ. އެކެއް ނޫނީ ދެކުދިން ފޮނުވާނީ ފަހަރަކު. އަނެއްކާ އެކުދިން ނިމުނީމަ އެހެން ކުދިން ފޮނުވާނީ. ހޮސްޕިޓަލްތަކުގަ މަސައްކަތް ކުރާ ކުދިން އެފް.އާރ.އެލް، ސިކް ލީވް ނޫނީ އެނުއަލް ލީވް ނަގައިގެން އެހެންނޫނިއްޔާ ނައިޓް ޑިއުޓީއަށް ގޮސްގެން ކިޔަވަނީ. ވަރަށް ގިނަ ދުވަސް ނަގާނެ އެހެންވީމަ ކިޔަވަން. ބައެއް މީހުން ޖޮބް އާ ހެދި ނުކިޔެވިގެން 3 އަހަރަށްވުރެ ގިނަ ދުވަހު އެބަ ތިބޭ ވެއިޓް-ލިސްޓު ގަ، އިތުރަށް ކިޔެމުވަށް ހުއްދަ ނުލިބިފަ.

ޝިފްޓް ޑިއުޓީސް އާ އޭގެއިން ކުރާ އަސަރުތަކަކީ ކޮބައިތޯ؟

ޝިފްޓް ޑިއުޓީސް އިންނާނެ 24 ގަޑިއިރު ވަންދެން ތަންތާ. އެކަމަކު ބައެއް ހެލްތު ސެންޓަރތަކުގަ އަދިވެސް އިނދޭ ދުވާލު 8ން 2ށް އަދި ރޭގަނޑު 8ން 10ށް. ޝިފްޓް ޑިއުޓީކުރާތީ އަނެހެން އެހާ އުނދަގުލެއްނޫން، ކަމެއް އޮތިއްޔާ ޝިފްޓް ގަޑި ބަދަލުކުރަން ރިކުއެސްޓް ކުރެވިދާނެ. ބޮޑެތި ތަންތާ އުޅޭ މީހުނަކަށް އެ ޕްރިވިލެޖްއެއް ވެސް ނީނދެ. ޑިއުޓީތައް ހުންނަ ގޮތުން ވަރަށް އުނދަގޫ ޓައިމް މެނޭޖު ކުރަން. އެއްބައި ފަހަރު ހުންނާނެ ހެނދުނު ޑިއުޓީކޮށްފަ އެރޭ ރޭގަނޑު ޑިއުޓީއަށް އަރަން. އަދި ހުރެދާނެ ދަންވަރަށް ނިމޭ ޑިއުޓީއެއް އިނދެފަ ހެނދުނަށް އަންނަން ޖެހޭ ގޮތަށް. އެހެންވެ އަސްލު ޕާރސަނަލް އަދި ސޯޝަލް ލައިފް ދަމަހައްޓަން އުނދަގޫވޭ. ކިޔަވާއިރު ހީވޭ "ޓޯޗަރ"އެއް ހެންވެސް. އެހެންވީމަ ހުރިހާ ކަމެއްވެސް ބިނާވަނީ ޓައިމް- މެނޭޖްމަންޓް ގެ މައްޗަށްތާ! ރަނގަޅަށް ކަންތައްތައް ބަހާލައިގެން އުޅޭ އިރު އެހާ ގޯހެއްވެސް ނޫން. އެކީގަ އުޅޭ ރައްޓެހިންނާ އާއިލާ އެކަން ދެނެގަނެ، ސަޕޯރޓިވް ވަންޏާ އެއީ ވެސް ލިބޭ "ސްޓްރެންތް" އެއް.

ޕްލަސް ޕޮއިންޓަކީ، ޝިފްޓް ޑިއުޓީސްނަމަ ޕްލޭންސް ހަދާއިރު ފަސޭހަވޭ. އިނގޭނެއެއްނު ޑިއުޓީ ގަޑިއާ އެއްޗެހި އަދި އެދުވަހުގެ ޝިފްޓް ނިމުނީމަ ދެން އަޅުގަނޑުމެނަށް އެ ނިމުނީ. ނަމަވެސް 8 ގަޑިއިރަށް ހުޅުވާފަ ހުންނަ ތަންތާނަމަ އަބަދުވެސް އެވެއިލަބަލްކޮށް ހުންނަން ޖެހޭނީ.

ޖެނެރަލްކޮން ދޭ ނަޞޭހަތެއްގެ ބަދަލުގަ އަފާގެ ގާތް ރައްޓެއްސަކަށް، އަފާއަށް ކުރެވިފަ ހުރި ތަޖުރިބާއަށް (މީހުންނަށް ބޭރުން ނުފެންނާނެ ކަންކަން، ނޫނީ މީހުން ކިޔާ އެއްޗެތި މިފަދަ ކަންކަމަށް) ބަލާފަ ދޭނެ ނަޞޭހަތެއް ހިއްސާ ކޮށްލަ

އޮފް ކޯރސް، މި ކޯރސް ފުރިހަމަ ކުރުންވެގެން ދިޔައީ ހަމަ "އެކްސްޓްރީމް ސްޕޯރޓް" އެއް ކަހަލަ ކަމަކަށް. ދަރިވަރުންނަށް ވަރަށް އުނދަގޫވޭ ކުރިއަށްދާން. އެކަމަކު ވެސް، މީހާ "އެންތުސިއެސްޓިކް" ނަމަ މި ފީލްޑްއިން ހަމަ ކުރިއަށް ދެވޭނެ. ބައެއް ކުދިންނަށް ސެމިސްޓަރއެއް ރިޕީޓްކުރަން ޖެހުނީމަ ތިބޭނެ ދެ ވިސްނުމެއްގަ، ކޯރސް ދޫކޮއްލަން ވީތޯ ނުވަތަ ނޫންތޯ ނޭނގިފަ. މަންމަމެނާ މީހުން ކިޔާފާނެ އެއްޗަކަށް ބަލައިގެން ނޫނީ ލަދުން. އެކަމަކު، ކޮންމެ ކަމެއްގަ ވެސް އަމިއްލަ ވިލް ޕަވަރއެއް އޮވެގެނެއްނު ދޯ ފަށަން ވާނީ. އެހެންވީމަ، އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އެކަން ކުރަން ފެށި މަޤުޞަދު ހަނދާން ކޮށްގެން އުޅުނީމަ އިން ޝާ ﷲ ރަނގަޅުވާނެ.

އަޅުގަނޑު ބިޒްނަސް ކިޔަވާފަ ސައިންސް ފީލްޑްއަކަށް ޖޮއިންކުރީމަ، ވަރަށް އުނދަގޫވި. ސައިންސް ގެ މޮޑިއުލް އަލުން ބަލުން ކިޔަވަން ޖެހުނީމަ ހިތައް އެރި ދެން ނުވާނެ އޭވެސް. އެކަމަކުވެސް ހަމަ ޓްރައިކުރީ ދެވަނަ ފަހަރަށް. އެފަހަރު، އޭތި ފަސޭހަވި އެއް ޓާރމް އެއްކޮން އޭތި ކިޔެވީމަ. އެހެންވީމަ، ނުވާނެއޭ ކިޔާފަ ދޫކޮށް ނުލައްޗޭ!

އަދި ކޮލިނިކަލްސް ގަ އުޅޭއިރު ދިމާވާނެ ތަފާތު މެންޓަރސް އަދި ޕޭޝަންޓްސް އާ. ބައެއް ފަހަރު ބުނާނެ ދެރަވާ ނޫނީ ޑީމޯޓިވޭޓްވާ ކަހަލަ އެއްޗެހި. ބައެއް ފަހަރު ބައެއް މެންޓަރސް ގެ ސަބަބުން ސްޓޫޑެންޓްސް ކޯރސް ދުކޮއްލާފައި ވެސް ދޭ. އެހެންވީމަ ފެށުމުގެ ކުރިން މިކަހަލަ ކަންކަމަށް މެންޓަލީ ޕްރިޕެއަރ ވުން ރަނގަޅު. އަޅުގަނޑު ހަނދާން އެބަހުރި ތިންވަނަ އަހަރު އައި ވަރަށް ރޫޑް މެންޓަރ އެއްމަތިން. އެއަށްފަހު، ގަސްދުކުރިން އެކަހަލަ މެންޓަރ އަކަށް ނުވާނަމޭ، އުޅެން ޖެހޭ ގޮތް އެނގޭތީ. އަޅުގަނޑު ބޭނުމީ ސްޓޫޑެންޓްސްއަށް އަޅުގަނޑު ކިޔައިދޭ އެއްޗެހި ދަސްވާން އަދި އެކުދިންނަށް އެކަމަށް އެންކަރޭޖް ކުރަން. އަޅުގަނޑުގެ ނޮލެޖް ހުރި ވަރަކުން ކަންކަން ކިޔައިދޭން. ކިޔަވާ ނިމުނީމަ ބައެއް ފަހަރު ހިތަށް އަރާނެ ކޯއްޗެއް ބާއޭ ދަސްވީ. ނޫނީ މަސައްކަތަށް ނިކުމެ ހުރެދާނެ ވާނުވާގަ. އެކަމަކު އަސްލު އެއްޗަކީ އެ މަސައްކަތް ކުރަން ފެށުން. ބޮޑަށް އެކަމުގެ ތެރޭ އުޅެން ފެށީމަ އިނގޭނެ ހަމަ މެޑިކޭޝަންސްއާ ޕްރޮސީޖަރްތައް. ނޭނގޭ އެއްޗެހި އަހާ، އިތުރަށް އެނގެން ބޭނުންނަމަ އެކަހަލަ އެއްޗެހި އަމިއްލައަށް ސާރޗްކޮށް އެކްސްޕްލޯރ ކުރުން ރަނގަޅު.

އަޅުގަނޑުގެ ނަޞޭހަތަކީ ފުރަތަމަ ކުރަން ބޭނުންވި ކަންކަން ހާސިލްނުކުރެވުނީމަ، އެކުއްޖެއްގެ ހުވަފެންތައް މަތިން އުންމީދު ގެއްލުވާލާ ގިވް އަޕް ނުކުރައްޗޭ! ޑީމޯޓިވޭޓްވާނެ، މީހުން އެއްޗެހި ވެސް ބުނާނެ އެކަމަކު އެމީހަކަށް އެނގޭނީ އެ އުފުލާ ބުރައެއް. އެހެންވީމަ ފާޑު ކީޔާ މީހުންގެ ބަސް ތަކަކީ ކުރިއަށް ދިޔުމަށް ލިބޭ ހިތްވަރެއް ކަމަށް ބަލައިގެން ހަމަ ކުރިއަށް ދާންވީ.

Copyright © 2024 Faaru News
Made with by Afeef & Noor