މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ މީރީ ޕްރޮޖެކްޓުގެ ފަރާތުން އޮންޓްރަޕްރަނާރޝިޕް އަދި ޕަރޒަނަލް ސްކިލްސް ޓްރެއިނިންގ ޕްރޮގުރާމެއް ރ. ހުޅުދުއްފާރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ. ފަސް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިއުމަށް ހެމަޖެހިފައިވާ މި ޕްރޮގްރާމް އޮންނާނީ ޑިސެންބަރ 11ން 15ގެ ނިޔަލަށެވެ.
މި ޕްރޮގްރާމް ތަކުގައި ބައިވެރިވާން ބޭނުން ބޭފުޅުންނަށް ހިލޭ ބައިވެރިވެވޭ އިރު، ބައިވެރިންނަށް ހިލޭ ރެފްރެޝްމެންޓްވެސް ލިބޭނެއެވެ.
ހުޅުދުއްފާރުގެ މަތާރަން މާލަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ކުރިއަށްދާނީ 11 ޑިސެންބަރވާ ހޮނިހިރުދުވަހުގެ ސެޝަންތަކަކާއި، ޑިސެންބަރ 12-15 އަށް ކޮންމެ ދުވަހެއްގެ ހަވީރު 4ން 5ށް ސެޝަނެކެވެ.
މި ޕްރޮގްރާމް ބޮޑަށް ފޯކަސް ކޮށްފައިވާނީ 18 އަހަރުން 35 އަހަރަށް ނަމަވެސް، ޖާގަ އޮތް ވަރަކުން އެހެން އުމުރަތަކަށްވެސް ފުރުޞަތު ލިބިގެން ދާނެއެވެ.
ޓްރެއިނިންގ ޕްރޮގުރާމުގައި ބައިވެރިވުމަށް:
https://forms.gle/ccSw82vPoCN7eTeK7