މައިގަނޑު ބައިތަކަށް

މިފަހަރު އީދު ނަމާދު ކުރުން މިސްކިތުގައި

މިފަހަރު ހުޅުދުއްފާރު ގައި ޢީދު ނަމާދު ކުރުމަށް ހަމަ ޖެހިފައިވަނީ ރަށުގެ 2 މިސްކިތުގައެވެ.

އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
0 މިނިޓް
ފޮޓޯ: ޤާއިމް ޔޫސުފް އާދަމް (ފާރުއެމްވީ)
ފޮޓޯ: ޤާއިމް ޔޫސުފް އާދަމް (ފާރުއެމްވީ)

 އާންމު ގޮތެއްގައި ހުޅުދުއްފާރުގައި ޢީދު ނަމާދު ކުރަނީ ބޮޑު ޖަމާޢަަތުގައި ކަމުގައި ވީނަމަވެސް، މޫސުން ތަން ނުދޭތީ އާއި ރަށް ކާފިއުގައި އޮތުމުގެ ސަބަބުން 1442 ވަނަ އަހަރުގެ ފިތުރު ޢީދު ނަމާދު ކުރަން ހަމަޖެހިފައިވަނީ މަސްޖިދުއް ނޫރު (ހުކުރު މިސްކިތް) އަދި މަސްޖިދުއް ތަޤްވާ (ކަނޑި މިސްކިތް) ގައި ކަމުގައި ހުޅުދުއްފާރު ކައުންސިލްގެ އިދާރާއިން އިއުލާންކޮށްފިއެވެ.

އަދި ދެ މިސްކިތުގައިވެސް ޖާގައޮތް މިންވަރުން އަންހެން ކަނބަލުންނަށްވެސް ބައިވެރިވެވޭނޭ ކަމުގައި ވެސް އެ އިއުލާނުގައި ބަޔާން ކޮށްފައިވެއެވެ.

އަދި މިސްކިތަށް ނަމާދަށް ވަޑައިގަންނަވާ އިރު މާސްކު އެޅުއްވުމަށް ކައުންސިލް އިދާރާއީން އިލްތިމާސް ކުރެއެވެ.