1.ޖާރނަލިސްޓެއްގެ ދާއިރާއަކީ ކުރިއަށްދާން ރަނގަޅު ވަޒީފާއެއްތަ؟މި ދާއިރާއިން ކިހާވަރަކަށް ވަޒީފާގެ ފުރުސަތު ލިބޭތޯ؟
"ޖާރނަލިސްޓެއްގެ ޖޮބް އަކީ އަސްލު ހީކުރާ ވަރަށް ވުރެ ބުރަ ޖޮބް އެއް. ބަޓް މީ ހަމަ ވަރަށް ފައްކާ ޖޮބްއެއް. ޔޫ ގެޓް ޓު ލާރން އަ ލޮޓް އޮފް ތިންސް. ވަށައިގެން ވާ ކަންކަމުގެ ވާނުވާ އިނގޭނެ. ރާއްޖެއަށް ބަލަންޏާ މި ދާއިރާއިން ވަރަށް އީޒީ ކޮށް ޖޮބްސް ލިބޭނެ. ބޭނުންވަނީ ކުޑަ ސްކިލްއެއް. އޭރުން ނޫސް ތަކުން ކުދިން ނަގައިގެން އެކުދިން ޓްރެއިން ކޮށްދީގެން ކުރިއަރަން ޗާންސް ހޯދަދޭނޭ."
2.ކޮންމެ ކުއްޖަކަށް ވެސް ޖާރނަލިސްޓްއަކަށް ވެވޭނެތަ، ނޫނީ ވަކި ޚާއްޞަ ކުދިންނަކަށްތޯ މިދާއިރާއިން ކުރިއަށް ދެވެނީ؟
"އިންޓްރެސްޓް ހުރިއްޔާ ކޮންމެ ކުއްޖަކަށް ވެސް ޖާރނަލިސްޓްއަކަށް ވެވޭނެ. މީހުންގެ ފުރައްސާރައާއި ވެސް ކުރިމަތި ވާނެ. ހިތް ބަލިވުމުގެ ބަދަލުގައި އެޔަށް ކުރިމަތިލާ ހެލްޕް ހޯދީމަ އޯކޭ ވާނެ."
3.ރަނގަޅު މުސާރައެއް ލިބޭތޯ ؟
"ގިނަ ނޫސްތަކުގައި ނުސްވެރިންގެ މުސާރަ ރަނގަޅުވާނެ. ކުރިން ބުނި ގޮތައް ނޫސްވެރިކަމަކީ ވަރަށް ބުރަ ޖޮބް އެއް. ކޮންމެ އާޓިކަލްއަކީ ރިސްކެއް. މުސާރަ ބޮޑުވަނީ އެހެންވެ ކަންނޭނގެ ."
4.އަމިއްލަ ތަޖުރިބާގެ އަލީގައި ، މިދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް ބުނަންއޮތީ ކީކޭ ؟
"ބުނެލަން އޮތީ ނޫސްވެރިކަމަކީ ވަރަށް ބޮޑު ޒިންމާއެއް ތިމާގެ ބޮލުގައި އެޅޭކަމެކޭ . ލިޔާ އާޓިކަލްއަކަށް ދެކޮޅުމީހުން އެ ދޮގު ޚަބަރެކޭ ކިޔާ ވެސް ގޮވާނެ. ބިރު ދައްކަން ކޯޓަށް ވެސް ދާނެ. ބީ ޝުއާ އެ ލިޔާ އެއްޗަކީ ތިމާ ނުބެދޭ ކަހަލަ ގޮތަކަށް ލިޔާ އެއްޗަކަށް ހަދަން. ހެކި އިޒް އިމްޕޯޓެންޓް. މީހަކަށް ގުޅައިގެން މަޢުލޫމާތު ހޯދިއްޔާ ، ބީ ޝުއާ ރިކޯޑިންއެއް ސޭވްކުރަން. ރިސްކެއް ނުނަގައްޗޭ ކިތަންމެ ސިމްޕަލް އާޓިކަލްއެއް ލިޔުނަސް. އަބަދުވެސް ތެދު މަޢުލޫމާތު މީހުންނަށް ގެނެސްދޭށޭ."
5.ކޯހެއް ހަދައިގެން ކުރިއަށް ދިއުން ނޫނީ،ޕާޓް ޓައިމް ވަޒީފާއެއްގެ ގޮތުގައި ކުރިއަށް ދިއުމާ މެދު ޙިޔާލަކީ ކޮބާ؟
"މިދާއިރާއަށް ވަނީނަމަ ބޭނުން ވެދާނެ ހަމައެކަނި މިދާއިރާއިން ކުރިއަށް ދާން ވެސް. އެހެން ވެއްޖެ ނަމަ ކޯސްއެއް ހަދާފަ މީ މެއިން އެއްޗަކަށް ހެދުން ވެސް ސަޅި. އެކަމަކު އެހެން ދާއިރާއެއްގެ ކުއްޖެއް ނަމަ، ލިޔުމުގެ ހުނަރު ހުރިނަމަ ސައިޑް އެއްޗެއްގެ ގޮތުގައި މިކަން ކުރަން ވެސް ސަޅި ވާނެ. ޕާރޓް ޓައިމް ޖޮބް ވެސް އެވޭލިބަލްވާނެ."