މައިގަނޑު ބައިތަކަށް

ރ. ހުޅުދުއްފާރުން އިތުރު 3 ކުއްޖަކު ކޮވިޑް 19 އަށް ފައްސިވެ، ރަށް މޮނިޓަރިންގެ ޙާލަތަށް ލައިފިއެވެ.

ރ. ހުޅުދުއްފާރުން އިތުރު 3 ކުއްޖަކު ފައްސިވެފައި މިވަނީ، މޭ 4ގައި ހުޅުދުއްފާރު ފުލޫ ކުލިނިކަށް ދެއްކި ކުއްޖަކު ފައްސިވެފައި ވަނިކޮށެވެ. މި ވަޤުތު ރަށް ވަނީ މޮނިޓަރިންގެ ޙާލަތުގައެވެ.

އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
0 މިނިޓް
ފޮޓޯ: އަޙްމަދު ފާރިޟް (ފާރުއެމްވީ)
ފޮޓޯ: އަޙްމަދު ފާރިޟް (ފާރުއެމްވީ)

ހުޅުދުއްފާރުން އިތުރު 3 ކުއްޖަކު ފައްސިވެފައި މިވަނީ، މޭ 4ގައި ހުޅުދުއްފާރު ފުލޫ ކުލިނިކަށް ދެއްކި ކުއްޖަކު ފައްސިވެފައި ވަނިކޮށެވެ.

އޭރު ފައްސިވެފައިވަނީ ގުރޭޑް 10ގައި ކަޔަވަމުންދާ ކުއްޖެކެވެ. މި ފަހަރުވެސް ފައްސިވެފައި ވަނީ ސުކޫލުގައި ކިޔަވަމުންދާ 3 ދަރިވަރުންކަމަށް މައުލޫމާތު ލިބެއެވެ.

އެގޮތުން އެތަނުން 1 ކުއްޖަކީ ކުރިން ފައްސިވި ކުއްޖާގެ ޑައިރެކްޓް ކޮންޓެކް ކަމަށާއި، އަނެއް ދެކުދިން ފައްސިވިކަން އެނގިފައިވަނީ ފުލޫކުލިނިކަށް ދެއްކުމުން، ކޮވިޑްގެ ޢަލާމާތްތައް ހުރުމުން، ކޮވިޑަށް ޓެސްޓު ހެދުމުންކަމަށް ވަނީ ފާރު.އެމްވީ އަށް މައުލޫމާތު ލިބިފައެވެ.  

މި ވަޤުތު ރަށް ވަނީ މޮނިޓަރިންގެ ޙާލަތައް ލާފައެވެ. 

މިކަމާއި ގުޅިގެން، ކޮންޓެކްޓް ޓުރޭސިންގެ ކަންކަން ނިމެންދެން ސުކޫލުގެ ކިޔަވައިދިނުން މެދުކަނޑާލުމަށް، ހުޅުދުއްފާރު ސުކޫލުންވަނީ ނިންމާފައެވެ. އަދި ދަރިވަރުން ބޭރުތެރެއަށް ނުފޮނުވުމަށް ބެލެނިވެރިންގެ އަރިހުން ސުކޫލުން އިލްތިމާސްކުރަށްވައެވެ.

މި ލިޔުން ހިއްސާކުރައްވާ