މައިގަނޑު ބައިތަކަށް

ރ ހުޅުދުއްފާރަށް އެމްބިއުލާންސެއް ގެނެއްސި

ރ ހުޅުދުއްފާރަށް ޒަމާނީ ވަސީލަތްތައް ހިމެނޭ އެމްބިއުލާންސެއް މިއަދު ގެނެއްސިއެވެ.

އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
0 މިނިޓް
ރ ހުޅުދުއްފާރަށް އެމްބިއުލާންސެއް ގެނެއްސި

ސަރުކާރުން ރަށްރަށުގެ ސިއްޙީ ވަސީލަތްތައް ފުރިހަމަ ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، މިއަދު ވަނީ ރ ހުޅުދުއްފާރު ސިއްޙީ މަރުކަޒަށް ޒަމާނީ ވަސީލަތްތައް ހިމެނޭ އެމްބިއުލާންސެއް ފޯރުކޮށްދީފައެވެ.

މި އެންބިއުލަންސް ގެނައި ދޯނި ހުޅުދުއްފާރުގައި ބަނދަރުކުރީ 12 މެއި 2022ވީ ބުރާސްފަތިދުވަހުއެވެ. އެ އެންބިއުލަންސް ރަށަށް ބޭލުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުންނެވެ. 

މި އެންބިއުލެންސް އާއި އެކު މިހާރު ސިއްޙީ މަރުކަޒުން ދެވެމުންދާ މި ޚިދުމަތަށް އިތުރު ފަސޭހަތަކަކާއި ލުއިތަކެއް ލިބެމުންދާނެއެވެ.

މިއީ މިފަހަރު ސަރުކާރުން ރާއްޖޭގެ 13 އަތޮޅެއްގެ 19 ރަށަކަށް ފޮނުވި އެންބިއުލަންސްތަކުގެ ތެރެއިން ހުޅުދުއްފާރަށް ލިބުނު އެންބިއުލަންސްއެކެވެ.