ރ. ހުޅުދުއްފާރު ފުޓްސަލްދަނޑު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަނީ

ފޮޓޯ: އަޙްމަދު ފާރިޟް
އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
1 އަހަރު ކުރިން
1 މިނިޓް

ރ. ހުޅުދުއްފާރު ފުޓްސަލްދަނޑު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކޮށްފިއެވެ.

ރ. ހުޅުދުއްފާރު ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވަނީ، އެ ކައުނސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ރ. ހުޅުދުއްފާރު ފުޓްސަލްދަނޑު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.

އެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭން ޝަޢުޤުވެރިވާ ފަރާތްތަކުން، 08 ނޮވެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރެއްވުމަށްފަހު، [email protected] އަށް އީމެއިލް ކުރެއްވުމަށް ވަނީ އަންގާފައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާނީ 2022 ނޮވެމްބަރ 15 ވާ އަންގާރަ ދުވަހުގެ 13:00ށް ހުޅުދުއްފާރު ކައުންސިލްގެ އިދާރާއަށް ކަމުގައިވެސް ވަނީ އެ އިޢުލާންގައި ފާހަގަކޮށްފައެވެ. ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މަޢުލޫމާތު ޝީޓް މެއިލްކުރެވޭނެ ކަމަށާއި، އެކަމަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަމަށްވެސް ކައުންސިލްގެ އިޢުލާންގައިވެއެވެ.

އެ އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، 08 ނޮވެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 11:00ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެއެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުން ހުށަހަޅުއްވާ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ކައުންސިލްގެ އިޢުލާންގައި ފާހަގަކުރައްވާފައިވެއެވެ. ރެޖިސްޓަރ ކުރެވުނުކަން ކަށަވަރުކުރުމަކީ އެފަރާތުގެ ޒިންމާއެއްކަމަށާއި، ބިޑް ހުށަހަޅުއްވާއިރު ބަދަލުގައި މީހަކު ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީއެއް އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެކަމުގައިވެސް ކައުންސިލުން ފާހަގަކުރައްވާފައިވެއެވެ.

ރ. ހުޅުދުއްފާރު ފުޓްސަލް ދަނޑުގެ މަރާމާތުގެ މަސައްކަތަކީ ވަރަށް ދުވަސްވަންދެއް ރަށުގެ ރައްޔިތުން، ޚާއްޞަކޮށް ޒުވާނުން ކުރަމުންއައި އުންމީދެކެވެ.

މި ކަމާއި ގުޅިގެން ކޮށްފައިވާ އިޢުލާން:

https://www.gazette.gov.mv/iulaan/214075?fbclid=IwAR0_1i3lq0bxdQW5DTTJMFFiYfbEgTpaVU40LwAiGJiKPXxMs2ZdEu52Tzk

Copyright © 2024 Faaru News
Made with by Afeef & Noor