މައިގަނޑު ބައިތަކަށް

ރ.ހުޅުދުއްފާރުގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ހުޅުވައި ފުލުހުންގެ ޚިދުމަތްދޭން ފަށައިފި

ރ.ހުޅުދުއްފާރުގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ހުޅުވައި ފުލުހުންގެ ޚިދުމަތްދޭން ފަށައިފިއެވެ.

އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
1 މިނިޓް
ފޮޓޯ: އަޙްމަދު ފާރިޟް (ފާރުއެމްވީ)
ފޮޓޯ: އަޙްމަދު ފާރިޟް (ފާރުއެމްވީ)

ރ.ހުޅުދުއްފާރުގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ހުޅުވައި ފުލުހުންގެ ޚިދުމަތްދޭން ފަށައިފިއެވެ.

މިކަމަށްޓަކައި އިއްޔެ ހުޅުދުއްފާރުގައި ބޭއްވި ރަސްމިއްޔާތެއްގައި، ހުޅުދުއްފާރު ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ.

މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދާއި ނޯތު ޕޮލިސް ރީޖަން ކޮމާންޑަރ ޗީފް ސުޕްރިންޓެންޑް އޮފް ޕޮލިސް މޫސާ ޢަލީއާއި ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި ރ.އަތޮޅު ކޮމާންޑަރާއި ރަށު ކައުންސިލާއި މުޢައްސަސާތަކާއި ފުލުހުންނާއި ރަށުގެ ރައްޔިތުން ބައިވެރިވެލެއްވިއެވެ.

ޕޮލިސް ޕޯސްޓް ހުޅުވުމަށް ތައްޔާރުވުމުގެ ގޮތުން، މީގެ ހަފްތާއެއްކުރިން ވަނީ އަލަށް ހަމަޖެއްސެވި ފުލުހުންގެ ޑިވިސަން ކޮމާންޑަރ މޫސާ އަލީ ރ ހުޅުދުއްފާރަށް ޒިޔާރަތް ކުރައްވައިފައެވެ.

މި ދަތުރުފުޅު ގައި ހުޅުދުއްފާރު ކައުންސިލް އާއި ރަށުގެ މުއައްސަސާ ތަކުގެ އިސްވެރިން އާއި ބައްދަލު ކުރެއްވިއެވެ. އަދި މީގެ އިތުރުން ހުޅުދުއްފާރު ގައި ޤާއިމް ކުރާ ޕޮލިސް ޕޮސްޓް ގެ މަސައްކަތް ތަށް ވެސް ވަނީ ބައްލަވާފައެވެ.

މިހާރު ވަނީ މި ޕޮސްޓަށް މަސައްކަތު މީހަކާއި އެޑްމިން އޮފިސަރަކު ހޯދަން އިއުލާން ކޮށްފައެވެ.