ރަށު ކަޕް 2024 މިއަދު ފަށަނީ

އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
2 މަސް ކުރިން
1 މިނިޓް

އެސްޕާޑަރ ސްޕޯޓްސް ކްލަބް އަދި ލެންޓާން ގުޅިގެން، ހުޅުދުއްފާރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރަށު ކަޕް 2024 މިއަދު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޖުމްލަ 9 ޓީމް ބައިވެރިވާ މި މުބާރާތް ކުރިއަށް ދާނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް ސްޓޭޖް ނިމޭއިރު، ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ އަދި ދެވަނަ އަށް ދާ ޓީމްތައް، ސެމީގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ސެމީ ފައިނަލް އިން މޮޅުވާ 2 ޓީމްގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 27 ޖޫން 2024ވާ ބުރާސްފަތި ދުވަހުއެވެ. 

މި މުބާރާތް އިންތިޒާމް ކުރައްވާ ފަރާތްތަކުން، މުބާރާތުގެ އޯޕެނިންގ މެޗްތަކަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތައްފަހު، މިރޭގެ ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ގަނޑިން ރޭގަނޑު 08:45ގައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ކުޅުމަށްހަމަޖެހިފައިވަނީ ކުލަބް ސްޓޯމް އަދި ދެކުނު ކަންމައްޗެވެ. އަދި ދެވަނަ މެޗުގައި ކުޅުމަށް ހަމަޖެހިފައިވަނީ ފާލަން ސްޓްރީޓް އަދި ބަދަހި އެފް.ސީއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 09:45ގައެވެ. މެޗް ޑޭ 2، 3، 4، އަދި 5ގައި، ހަވީރު މެޗެއް އަދި ރޭގަނޑު 2 މެޗާއި އެކު ކޮންމެ ދުވަހަކު 3 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، މެޗް ޑޭ 1 އަދި ގްރޫޕް ސްޓޭޖުގެ ފައިނަލް މެޗުޑޭގައި ކުޅުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 2 މެޗެވެ. 

މި މުބާރާތައި ގްރޫޕް ސްޓޭޖް މެޗުތަކުގެ ސްކޯ ދިމާކޮށްގެން އެސެންސިއާ ޕާފިއުމް އެންޑް ކޮސްމެޓިކްސްގެ ފަރާތުން ދޭ ސެންޓް ފުޅިއެއް ހޯދުމުގެ ފުރުޞަތުވަނީ ބެލުންތެރިންނަށް ހުޅުވާލާފައެވެ. 

މި މުބާރާތުގެ މެޗުތައް ރަށު ކަޕް 2024 ފޭސްބުކް ޕޭޖުން ލައިވް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

Copyright © 2024 Faaru News
Made with by Afeef & Noor