ރަށު ކަޕް 2024ގެ ދެ ވަނަ ދުވަހުގެ މެޗުތަކުން މޮޅުވީ ލިނަކް، ވޮލްފް ސިޓީ، އަދި ކްލަބް ސޮޓޯމް

އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
3 މަސް ކުރިން
1 މިނިޓް

ރަށު ކަޕް 2024ގެ ދެވަނަ ދުވަހުގެ މެޗުތަކުން ލިނަކް، ވޮލްފް ސިޓީ، އަދި ކްލަބް ސްޓޯމެވެ.

ހަވީރު ލިނަކް އަދި ނޯތްއެންޑް ޔުނައިޓެޑް ކުޅުން މެޗުން ލިނަކް މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ. ލިނަކުން 3 ލަނޑުވެސް ޖެހީ މެޗުގެ ފުރަތަމަ ހާފްގައެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ލިނަކްގެ ޖާރޒީ ނަންބަރ 5، ހުސައިން ރިމާޒެވެ.

ރޭގަނޑު ފުރަތަމަ މެޗުގައި ބައްދަލުކުރީ ވޮލްފް ސިޓީ އަދި ގަރާޖް އެފް.ސީއެވެ. ހުނަރުވެރި ޒުވާން ކުޅުންތެރިތަކަކާއި އެކު ނިކުތް ވޮލްފް ސިޓީވަނީ، ތަޖުރިބާކާރު ކުޅުންތެރިންތަކެއް ހިމެނޭ ގަރާޖް އެފް.ސީ 4-1ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ވޮލްފް ސިޓީގެ ޖާރޒީ ނަންބަރު 10، މުޙައްމަދު އަލީފެވެ.

ރޭގަނޑު ދެވަނަ މެޗުގައި ބައްދަލު ކުރީ ސްޓޯމްގެ ދެޓީމް ކަމުގައިވާ، ސްޓޯމް އަދި ކްލަބް ސްޓޯމެވެ. މެޗުގެ ފުރަތަމަ ހާފް ކުރީ ކޮޅު ސްޓޯމުން ލީޑް ނަގާފައިވަނިކޮށް، ކްލަބް ސްޓޯމުން ވަނީ ހާފް ނިމެނިކޮށް ގޯލެއް ޖަހާ ސްކޯ އެއްވަރު ކޮށްފައެވެ. ދެވަނަ ހާފް ފަށާ، މާ ގިނައިރެއް ނުވަނިސް. ސްޓޯމުން އަނެއްކާވެސް ގޯލެއް ޖަހާ މެޗުގެ ލީޑް ނެގިއެވެ. އެހެންނަމަވެސް ކްލަބް ސްޓޯމުންވަނީ ފަހަތުން އަރާ ދެ ލަނޑުޖަހާ، މެޗުން 3-2ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ކްލަބް ސްޓޯމުގެ ޖަރޒީ ނަންބަރ 8، އިބްރާހީމް ޒާހިދުއެވެ. މި އާއި އެކު ޒާހިދުވަނީ ކުޅުނު ދެމެޗުންވެސް މޭން އޮފް ދަ މެޗުކަން ހޯދާފައެވެ. އަދި ސްޓޯމުން ވަނީ ދެ މެޗުން މޮޅުވެ، 6 ޕޮއިންޓާއިއެކު  ގުރޫޕް އޭގެ އެއްވަނައިގައެވެ.

މިއަދު ހަވީރު ކުޅޭނީ ފާލަން ސްޓްރީޓް އަދި ގަރާޖް އެފް.ސީއެވެ. އަދި ރޭގަނޑު ކުޅޭނީ ނޯތްއެންޑް ޔުނައިޓެޑް އާއި ދެކުނު ކަންމަތި، އަދި ލިނަކާއި ސްޓޯމެވެ. 

Copyright © 2024 Faaru News
Made with by Afeef & Noor