ސަލަފް ރ. ރިޙްލާ ކާމިޔާބުކަމާއެކު ނިންމާލައިފި، ٱلْحَمْدُ لِلَّٰهِ

އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
1 އަހަރު ކުރިން
0 މިނިޓް

ސަލްފް ރިޙްލާ ކާމިޔާބުކަމާއެކު ރޭގައި ނިންމާލައިފިއެވެ. އެންމެ ފަހު ރަސްމީ ހަރަކާތަކަށްއޮތީ މެރިން އެކުއިޕްމެންޓްސްއިން ސޮޕްންސަރކޮށްގެން ބޭއްވި މަސް ރޭހެކެވެ. 1ވަނަ އަށް ދާ ޓިމަކަށް 5000، 2ވަނަ އަށް ދާ ޓީމަކަށް 2500 އަދި 3ވަނަ އަށް ދާ ޓީމަކަށް 1500 ރުފިޔާ ލިބޭ މި މަސްރޭހަށް ޓީމުތައް ފުރީ، ހަވީރު 4:30ގައެވެ. 

ރ. ރިޙްލާގައި ރ. އަތޮޅުގެ އެހެން ރައްރަށުގައި ޙަރަކާތްތެރިވި ޓީމުތައް އިއްޔެ މެންދުރު ފަހު ވަނީ އުނގޫފާރަށް ޖަމާވެފައެވެ. ސަލަފް ރ. ރިޙްލާ ނިންމާލުމުގެ ގޮތުން ހުރިހާ ބައިވެރިން ހިމެނޭހެއް ރޭގައިވަނީ ބޮޑު ބާބެކިއުއެއް އިންތިޒާމުކޮށްފައެވެ. 

ރިޙްލާގެ އެންމެ ބޮޑު ޓީމު މާލެއަށް ފުރުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 09:30ގައެވެ.

ސަލަފް ރ. ރިޙްލާ ރަސްމީކޮށް ނިންމާލިއިރު، ރ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ވަނީ ތަފާތު ޙަރަކާތްތަކެއް ކުރިއަށް ގެންދެވިފައެވެ.

Copyright © 2024 Faaru News
Made with by Afeef & Noor