އެއްދުވަހަކު ބަޣްދާދުގެ ވިޔަފާރިވެރިއެއް ބަހްލޫލާއި ބައްދަލުކުރި އެވެ. އަދި ދެންނެވިއެވެ. މާތް ޝެއިޚެވެ. ތިމަންނަގެ ވިޔަފާރި މަންފާ އިތުރުކުރުމަށްޓަކައި ގަންނަންވީ ކޮންއެއްޗެއްކަން ބުނެދެއްވާށެވެ. އެވަގުތު ބަހުލޫލު ބުންޏެވެ. ދަނގަޑާއި ކޮޓަނެވެ. ދެން ވިޔަފާރިވެރިޔާ ދަނގަޑާއި ކޮޓަން ގިނަ ޢަދަދަކަށް ގަނެ ގުދަން ކޮށްފިއެވެ. މަސްތަކެއް ފަހުން އެއެއްޗެހި ވިއްކައިގެން ނުހަނު މަންފާކުރިއެވެ. އަނެއްކާވެސް އެވިޔަފާރިވެރިޔާ ބަހުލޫލާއި ބައްދަލުކޮށް ބުންޏެވެ. މިހިރަ ބަހުލޫލެވެ. ތިމަންނަގެ ވިޔަފާރިއަށް ފައިދާކުރާނެ އެއްޗެއް ބުނާށެވެ. މިފަހަރު ބަހުލޫލު ބުނީ ފިޔައާއި ކަރާ ގަތުމަށެވެ. ވިޔަފާރިވެރިޔާ އަތުގަ ހުރިހާ ފައިސާއަކަށް ފިޔަޔާއި ކަރާ ގަނެގެން ގުދަން ކޮށްފިއެވެ. މިފަހަރު ކުޑަދުވަސްކޮޅެއްގެ ތެރޭގަ އެތަކެތި ހަލާކުވެ ވިޔަފާރިއަށް ނުހަނު ގެއްލުން ވެއްޖެއެވެ.
އެހެންވެ އިސާހިތަކު މީނާ ބަހުލޫލުގެ ގާތަށް ގޮސް ބުންޏެވެ. ވިޔަފާރިއަށް ފައިދާކުރާނެ މުދަލަކީ ކޮބައިތޯ އެހި ފުރަތަމަ ފަހަރު ދަނގަޑާއި ކޮޓަންކަމަށް ކަލޭ ބުނުމުން އެތަކެތި ގަނެގެން އެއިން ކުރި ވިޔަފާރިން ނުހަނު ފައިދާވި އެވެ.އެހެނަސް ދެވަނަ ފަހަރު ކަލޭ ދިނީ ކޮންކަހަލަ ލަފައެއް ހެއްޔެވެ. އޭގެ ސަބަބުން ތިމަންނަގެ ހުރިހާ މުދަލެއް ނެތި ހިނގައްޖެއެވެ. ބަހުލޫލު ބުންޏެވެ. އެންމެ ފުރަތަމަ ދުވަހު ކަލޭ އަހަރެންނާ މުޚާތަބު ކުރީ ނުހަނު މާތްކޮށެވެ. ކަލޭ އަހަރެންނަށް ކަމޭ ހިތައި ތޫނުފިލި އެއްގެ ގޮތަށް ދުށީތީ އެދުވަހު އަހަރެން ލަފާދިނީ ވެސް ރަނގަޅު ލަފައެވެ. ދެވަނަ ދުވަހު ކަލޭ އަހަރެންނާ މުޚާތަބު ކުރީ އަދަބު ކުޑަކޮށެވެ. އެއްޗެއް ނުދަންނަ މީހަކާ މުޚާތަބުކުރާ ބީދައިންނެވެ. އެދުވަހު އަހަރެން ދިން ލަފަޔަކީވެސް އެފަދަ މީހަކު ދޭނެ ލަފައެވެ. ވިޔަފާރިވެރިޔާ ވަރަށް ބޮޑަށް ލަދުގަތެވެ. އަދި ބަހުލޫލު ގޮތް އޭނާއަށް ދަސްވިއެވެ.