ހުޅުދުއްފާރު ސްކޫލުގެ ކެޕްޓަން ކަމަށް މިފަހަރު ޝާއިން

2021-2022 އެޕްރިސިއޭޝަން ނައިޓް

ހުޅުދުއްފާރު ސްކޫލުގެ އިސް މަގާމްތަކަށް ދަރިވަރުން ހޮވިއިރު،ސްކޫލުގެ ކެޕްޓަން ކަމަށް މި އަހަރު ހޮވުނީ 12 ގެ ދަރިވަރު ޝާއިން މުހައްމަދު ޝަރީފެވެ.އަދި އޭލެވެލް ވައިސް ކެޕްޓަނަށް ގްރޭޑް 11 ގެ ދަރިވަރު މުހައްމަދު އަލީފް ހޮވިފާ ވާއިރު ، އޯލެވެލް ވައިސް ކެޕްޓަނަށް ހޮވުނީ ގްރޭޑް 10 ގެ ދަރިވަރު ހުމާދު ހާމިދެވެ.

        ހޮވުނު ދަރިވަރުންގެ ނަންތައް އިޢުލާން ކުރަމަށްފަހު ދަރިވަރުންނާ މުޚާތަބްކުރައްވާ  ސްޓޫޑެންޓް ކައުންސިލްގެ ޓީޗާ އިންޗާޖް އައްޝޭހް އިބްރާހިމް ރާފިއު (ރާފިއު ސަރ) ވިދާޅުވެފައިވަނީ ، ނާކާމިޔާބުވި ދަރިވަރުންވެސް ހިއްވަރުއެލުވާ ނުލައި މަސައްކަތް ކުރުމައްށާއި،ލީޑަރެއްގެ މަގާމު ނުލިބުނު ކަމުގައިވިޔަސް ސްކޫލްތެރޭގައި ރަނގަޅު ލީދަރަކަށް ވެވި ދާނެ ކަމެވެ.ހަމައެއާއެކު ، ލީޑަރުންނަށް ހޮވުނު ދަރިވަރުންވެސް ނާކާމިޔާބުވި ދަރިވަރުންނަކީ ދަށްބައެއް ކަމުގައި ނުދެކުމަށާއި ،ދުނިޔޭގައި މި ލިބޭ ކާމިޔާބާއި ނާކާމިޔާބީއަކީ ފަހުން މާޒީއާ ފޮހެވިގެން ދާނެ އެއްޗެއްކަމާއި ،މަސައްކަތް ކުރަންވީ އާހިރަތުގައި ކާމިޔާބު މީހަކަށް ވާން ކަމުގައި ނަސޭހަތް ދެއްވިއެވެ.

         ކެޕްޓަން ކަމުގެ މަސްއޫލިއްޔަތައް ހޮވުނު ޝާއިން ބުނީ ، މިއަދު ލިބުނު ކާމިޔާބަކީ މީގެ ހަތަރު އަހަރު ކުރިން ކުރަމުން އައެ އުންމީދުތަކާއި ހުވަފެން ތަކެއްކަމަށާއި ، މި މަގާމް ލިބުމުން ބުނެދޭން ނޭންގޭހާ އުފާވާ ކަމަށެވެ.އަދި މީގެ ކުރިން  އެތައް ނާކާމިޔާބެއް ލިބުންކަމަށާއި ،އެއިން ކޮންމެ ވަގުތެއްގައިވެސް ހިތްވަރާ އެކު ފަހަތައް ނުޖެހި ކުރިޔައް ދިޔަކަމަށް ޝާއިން ބުންޏެވެ. ހަމައެއާއެކު، ޝާއިން ބުނީ ސްކޫލް ނިންމާލަން  ބޭނުންވަނީ ސްކޫލަށް ރަންވަނައެއް ހޯދައިދީ ، އެންމެންވެސް ފަހަރު ވެރިވާފަދަ ދަރިއަކަށް ވެހުރެ ކަމަށެވެ.

Copyright © 2024 Faaru News
Made with by Afeef & Noor