ހުޅުދުއްފާރު ސްކޫލްގެ އެންމެ މޮޅު ދަރިވަރުންނަށް ޝާލިޔާ އަދި ސަދާ

ހުޅުދުއްފާރު ސްކޫލްގެ އެންމެ މޮޅު ދަރިވަރުންގެ ގޮތުގައި، ހޮވިފައިވާ ޝާލިޔާ އަހްމަދު (ކ) އަދި ސަދާ ޝަހީމް (ވ).
އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
1 އަހަރު ކުރިން
1 މިނިޓް

ފާއިތުވި 2022-2021 ވަނަ އަހަރު ހުޅުދުއްފާރު ސްކޫލްގެ އެންމެ މޮޅު ދަރިވަރުންގެ ގޮތުގައި، މަތީ ސާނަވީން ޝާލިޔާ އަހްމަދު އަދި ސާނަވީ ބައިން ސަދާ ޝަހީމް ހޮވައިފިއެވެ. 

ޝާލިޔާ ވަނީ މަތީ ސާނަވީން ޤައުމީ ގަދަ ދިހައެއްގެ ދިހަ ވަނަ ހޯދާފައެވެ. އަދި ސަދާ ވަނީ ސާނަވީން ޤައުމީ ގަދަ ދިހައެއްގެ 6ވަނަ ހޯދާފައެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ އާދަމް އެވެ.

 ޝާލިޔާ ފާރު އެމްވީ އަށް ދިން މައުލޫމާތުގައި ބުނީ، މި ނަތީޖާ ލިބުނީ މައިންބަފައިން އާއި ރަހްމަތްތެރިން އަދި ޓީޗަރުންގެ ފަރާތުން ލިބުނު ހިތްވަރާއި އެހީތެރި ކަމާއި އެކުގައި ކަމަށްށެވެ. އަދި މި ނަތީޖާ ހޯދުމަށްޓަކައި ކޮންމެ ދުވަހަކު ވެސް ޕާރސް ޕޭޕަރ ހަދާ ކަމަށް ވިދާޅުވިއެެވެ.

އަދި މި ހުރިހާ ކަމެއްގެ އިތުރުން ދީނީ ކަންކަމަށް ހާއްސަ ސަމާލުކަމެއްދީ މާތް ﷲ އަށް ކާމިޔާބީ އަށް އެދި ދުޢާ ދަންނަވާ ކަމަށް ވެސް ޝާލިޔާ ވިދާޅުވި އެވެ.

ޝާލިޔާ ގެ ގާތުގައި އެހެން ކުދިންނަށް ދޭނެ ނަސޭހަތެއް އެހުމުން ވިދާޅުވީ އަޒުމެއް އޮވެގެން މަސައްކަތް ކުރާ ނަމަ އެކަމެއް ހާސިލް ވާނެ ކަމަށްށެވެ. އަދި ދީނީ ކަންކަމަށް ސަމާލުކަންދީ މާތް ﷲ އަށް ދުޢާ ދެންނެވުމަށް ވަނީ އިލްތިމާސްކޮށްފައި އެވެ.

ރޭގެ ޖަލްސާގައި ވަނީ އެކިއެކި ވަނަ ލިބުނު ދަރިވަރުންނަށް ވެސް  ޓްރޮފީ ދީފައިއެވެ.

ހުޅުދުއްފާރު ސްކޫލް އަކީ  މިހާރު 370 ދަރިވަރުން ތައުލީމު ހާސިލުކުރަމުން އަންނަ ސްކޫލެކެވެ. 2006 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އެ ސްކޫލުގައި އޭ ލެވެލްއާ ހަމައަށް ކިޔަވައިދެމުން ގެންދެއެވެ.

Copyright © 2024 Faaru News
Made with by Afeef & Noor