ރަށު ކަޕް 2024ގެ ދެވަނަ މެޗް ބަދަހި އެފް.ސީ އިން ކާމިޔާބު ކޮއްފި

އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
2 މަސް ކުރިން
1 މިނިޓް

މިރޭ ކުޅެވުނު ރަށު ކަޕް 2024ގެ ދެވަނަ މެޗް ބަދަހި އެފް.ސީ އިން ކާމިޔާބު ކޮއްފިއެވެ. މި މެޗް ބަދަހި އެފް.ސީ އިން 8-0 އިން ކާމިޔާބު ކުރީ ފާލަން ސްޓްރީޓް އާއި ބައްދަލު ކޮށެވެ.

ބަދަހި އެފް.ސީ އާއި ދެކޮޅަށް ގޯލެއް ޖެހުމަށް ފާލަން ސްޓްރީޓް ކުރި މަސައްކަތްވަނީ ނާކާމިޔާބު ވެފައެވެ. ބަދަހި އެފް.ސީއިން ގިނަ ހަމަލާތަކެއް ފާލަން ސްޓްރީޓް ގޯލައް އަމާޒުކުރިއިރު، ފާލަން ސްޓްރީޓް ގޯލް ކީޕަރ ވަނީ، ނުރައްކާތެރި ހަމަލާތަކެއް ދިފާޢުވެސް ކޮއްފައެވެ.

މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ބަދަހި އެފް.ސީގެ ޖާރޒީ ނަންބަރ 00،

މި މުބާރާތުގައި ބަދަހި އެފް.ސީގެ މެޗެއް ދެން އޮންނާނީ 23 ޖޫން 2024 ވާ، އާދިއްތަ ދުވަހު ހަވީރުއެވެ. އެއީ ވޮލްފް ސިޓީ އާއި ދެކޮޅަށް ކުޅޭ މެޗެކެވެ. ފާލަން ސްޓްރީޓް ދެން ނިކުންނާނީ ގަރާޖް އެފް.ސީ އާއި ދެކޮޅަށް، 22 ޖޫން ވާ ހޮނިހިރު ދުވަހު ހަވީރުއެވެ.

Copyright © 2024 Faaru News
Made with by Afeef & Noor